ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ! 50,000 ރުފިޔާގެ ބޮޑު އިނާމަކާއެކު ށ. ފީވަކުގައި ބޭއްވޭ އެންމެ ފޯރިގަދަ މުބާރާތުގައި ބައިވެރިވުމަށް 20 އޮކްޓޯބަރ 2026 ގެ ކުރިން ރަޖިސްޓްރީ ކުރައްވާށެވެ. އިތުރަށް ވިދާޅުވުމަށް...
ނަންބަރު: ROL/IUL/2026/02
ރަށް: ށ.ފީވައް، ދިވެހިރާއްޖެ
ރޮލިގަންސް ޖަމިއްޔާގެ ފަރާތުން ށ. ފީވަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
މި މުބާރާތަކީ ފީވަކުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފައިސާގެ އިނާމުތައް ހުށަހެޅިފައިވާ، އަދި އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތަށް ހެދުމުގެ މަޤްޞަދުގައި 15 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން 20 އޮކްޓޫބަރު 2026 ގެ ކުރިން، ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު ފުރިހަމަކުރައްވައި ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވުމުގެ ފީ ދައްކަވަންވާނީ ފޯމުގައިވާ އެކައުންޓް ނަންބަރަށެވެ.
ނޯޓް: ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް، ޓީމު ލިސްޓު ހުށަހަޅަންޖެހޭ ފޯމުގެ ލިންކް އީމެއިލް ނުވަތަ ފޯނު ނަންބަރު މެދުވެރިކޮށް ފޮނުވޭނެއެވެ. ޓީމު ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 ނޮވެމްބަރު 2026 އެވެ.
ޝުކުރިއްޔާ.